ށ. އަތޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެއްކަމަށްވާ ށ. ދޮޅިޔަދޫއަށް މީގެ މަހެއްހާ ދުވަސް ކުރިން ލަށްގާފައިއޮށްވާ ފެނުނު ހަށިގަނޑަކީ ކާކުކަން އަދި ދެނެނުގަނެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް މިއަދު ވިދާޅުވީ އެހަށިގަނޑަކީ ކޮންގައުމެއްގެ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ފުލުހުން ބުނީ އެހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި އެރަށަށް ލައްވެފައިވާ ހަށިގަނޑަކީ ދުވަސްވެފައިވާ ހަށިގަނޑެއް ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމަކީ ރާއްޖެއިން އާންމުކޮށް ނުފެންނަ ޒާތުގެ ތަކެތި ރާއްޖެއަށް ލަށްގަމުންދާ ދުވަސްވަރެކެވެ.