މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އަށް ޒޯން ތިނަކުން ލިބިފައިވާ ބިންތަކުގައި ފެރީ ޓާމިނަލްތައް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާނު ކޮށްފި އެވެ.

އެމްޓީސީސީ އިން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފެރީ ޓާމިނަލް ތަރައްގީ ކުރުމަށް އެ ކުންފުންޏަށް ކ. އއ. އދ. އަދި ވ. އަތޮޅުން ލިބިފައިވާ ބިންތައް ތަރައްގީ ކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ 2:00ގެ ކުރިން އެ ކުންފުނީގެ އޮފީހަށް އަށް ހާޒިރުވެ މައުލޫމާތު ސާފު ކުރުމަށެވެ.

އަދި މި މަހުގެ 30 ވަނަ ދުވަހު އަންދާސީ ހިސާބު ހުށައެޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފު ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.