ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް އުފައްދާ ގިނަ ފިލްމުތަކަކީ، ކޮންމެވެސް މެސެޖެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އުފައްދާފައިވާ ފިލްމު ތަކެކެވެ. އެހެންނަމަވެސް، ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު އާއި އަރުޖުން ކަޕޫރު އެކުގައި ފެނިގެންދާ ފިލްމު "ކީ އެންޑު ކާ" އުފެއްދީ އެއްވެސް މެސެޖެއް ދިނުމަށް ނޫންކަމަށް އަރުޖުން ވަނީ ބުނެފަ އެވެ.

"އަހަރުމެން މި ފިލްމު އުފެއްދީ އެއްވެސް މެސެޖެއް ދޭކަށް ނޫން، އެކަމަކު އަހަރުމެން ބޭނުން ވަނީ އޯޑިއަންސާ ހަމައަށް ފޯރަން. މިއީ އެއްވެސް ކުރިއެރުމެއް ގެނެސްދޭނެ ފިލްމެއް ހެނެއް ހިއެއް ނުވޭ،" އަރުޖުން ބުންޏެވެ.

"ކީ އެންޑު ކާ" ގައި އަރުޖުން ފެނިގެން ދަނީ މޮޅަށް ކިޔަވައިގެން ހުރި އެހެންނަމަވެސް "ހައުސް ހަޒްބެންޑް" އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގަ އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދަނީ މަންމައެއް ގޮތަށް ދިރިއުޅެން ބޭނުންވާ މީހެއްގެ ގޮތުގަ އެވެ.

އެއާ ހިލާފަށް ކަރީނާ ފެނިގެންދަނީ، ވަޒީފާ އެއްގައި އުޅޭ ވަޒީފާ ދެކެ ލޯބިވާ އަންހެނެއްގެ ގޮތުގަ އެވެ.

"ކީ އެންޑު ކާ" ރިލީޒު ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު އެެއް ވަނަ ދުވަހު އެވެ.