12 Mar 2016, 14:19
ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީގެ މަންމަ މާހިރާ ހާޝްމީ މަރުވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުން، މާހިރާ މަރުވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައެވެ. އަދި އޭނާ މަރުވި އިރު، އިމްރާން ހުރީ ރާޒް ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތުގައި ރޫމޭނިއާ ގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މުކޭޝް ބަޓު އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، އިމްރާން މިހާރު ވަނީ ޝޫޓިންގު މެދުކަނޑާލުމަށްފަހު އިންޑިއާ އަށް ދިއުމަށް ފުރާފައެވެ.
އިމްރާންގެ މަންމަ މާހިރާއަކީ މުކޭޝް އާއި މަހޭޝް ބަޓުގެ ފަހަރި އެވެ. އަދި އާލިއާ ބަޓުގެ ބޮޑު ދައިތަ އެވެ.