މޯލްޑިވިސް ބާސްކެޓް ބޯލް އެސޯޝިއޭޝަނުން ބާއްވާ ދެ ވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަން ފުރަތަމަ މެޗުގައި މާދަމާ ހަރިކޭން ބާސްކެޓް ބޯލް ކުލަބާ ދެކޮޅަށް ދިވެހި ސިފައިންގެ ކުލަބުން ނުކުންނާނެއެވެ.

އަންހެން ފިރިހެން ވަކިން ތިން ޑިވިޝަނަކަށް ބަހާލައިގެން މިމަހު ހަ އެއްގައި ފެށި އެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހަރިކޭން ބީސީ ހޯދާފައިވާއިރު ފިރިހެން ދެވަނަ ޑިވިޝަނުގެ ކުޅުން މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަންނަނީ ކުޅެމުންނެވެ.

އެއްވަނަ ޑިވިޝަނުގެ ކުޅުން މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައި ވަނީ ޖުމަލް ހަތަރު ޓީމާއެކު އެވެ. އެއީ ހަރިކޭން ބާސްކެޓް ބޯލް ކުލަބް އާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ރެޑްލައިން ކުލަބް އާއި ޓީރެކްސް ބީސީ އެވެ.

ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ސެމީ ފައިނަލުގައި ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމެވެ.

ދެ ސެމީން މޮޅުވާ ޓީމު ފައިނަލަށް ދަތުރުކުރާއިރު ފައިނަލް މެޗު ކުޅެވޭނީ ފައިނަލް މާޗު 27 ވަނަ ދުވަހުގެރެ އެވެ.