ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 300 މިލިއަންއެއްހާ މީހުން އެސްމާ ބަލި ތަހައްމަލު ކުރެ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ކުޑަކުދިންނެވެ. އަދި ފަގީރު ގައުމުތަކުގައި އެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ދުނިޔޭގެ ނިސްބަތުން ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ އެ ބައްޔަށް، ޑޮކްޓަރީ ބޭހުގެ އިތުރުން ވެސް ބަދިގެއިން ވެސް ފަރުވާ ހޯދިދާނެ އެވެ. އެގޮތުން އާއްމުކޮށް ކެއުމުގައި އަދި ކެއްކުމުގައި ބޭނުން ކުރާ ލުނބޯ ބޭނުންކޮށްގެން އެ ބައްޔަށް ފަރުވާ ހޯދިދާނެ އެވެ.

ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ލުނބޮލަކީ، ވަރަށް ގިނަ ބަލިތަކަކަށް ހުރި ފަރުވާއެކެވެ. ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު ވެސް އެކުލެވޭ އެ މޭވާ އަކީ ދަތުގެ މައްސަލަތައް، އިންފެކްޝަން، ނޭވާ ލުމުގެ މައްސަލަތަކަށް ވެސް ހުރި ފަރުވާއެކެވެ. ހަމަ އެހެންމެ، ލުނބޮލުގައި އެކުލެވޭ ސިޓުރިކު އެސިޑަކީވެސް، ފުއްޕާމޭ ސާފުކޮށް ނޭވާ ލުމަށް ފަސޭހަކޮށްދޭ އެއްޗެކެވެ.

އެހެންކަމުން އެސްމާ އަށް ފަރުވާ ހޯދުމަށް އާދަކޮށް ލުނބޯ ޖޫސް ބޭނުން ކުރާށެވެ. އެގޮތުން މުޅި ދުވަހަށް ބަހާލައިގެން ނަމަވެސް ލުނބޯ ޖޫސް ބޭނުން ކުރާށެވެ. ހަމަ އެހެންމެ، ދުވަސް ފެށުމުގެ ގޮތުން ވެސް ކޮފީގެ ބަދަލުގައި ލުނބޯ ޖޫސް ބޭނުން ކުރާށެވެ.

ލުނބޯ ޖޫސް ބުއިމުގެ އިތުރުން ވެސް، ސެލެޑު، ސޭންޑްވިޗު ފަދަ ކާ އެއްޗެހި މީރު ކުރުމަށް، ސޯސްތަކުގެ ބަދަލުގައި ލުނބޯ ދިޔަ ބޭނުން ކުރާށެވެ. އޭގެ ސަަބަބުން ވެސް އެސްމާ ލުއިކަމެއް ލިބިގެން ދާނެ އެވެ.

އެހެންކަމުން، ތިބާ އަކީ އެސްމާ ބަލި ތަހައްމަލު ކުރާ ފަރާތެއް ނަމަ، އާދަކޮށް ލުނބޯ އަދި ލުނބޯ ޖޫސް ބޭނުން ކުރާށެވެ.