އެމްޓީސީސީގެ "ޕްރިމިއަމް ލިންކް"ގެ ނަމުގައި ދަތުރުތައް ކުރާ އޭސީ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އޭސީ ފެރީގެ ދަތުރުތައް އިއްޔެ ހަވީރުން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް "ސަން"އަށް މިއަދު ވިދާޅުވީ، މަރާމާތުގެ މައްސަލައެއްގެ ސަބަބުން އޭސީގެ ފެރީ ހިދުމަތް މެދުކެނޑިފައިވީ ނަމަވެސް އެ މައްސަލަ ހައްލުކޮށް މިއަދު މެންދުރު އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.

"ކޮއިމަލާ 1" އަދި "ކޮއިމަލާ 2" ގެ ނަމުގައި އެމްޓީސީސީގެ އޮޕަރޭޝަންތަކަށް ނެރުނު އޭސީ ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ އެވެ. 146 މީހުންގެ ޖާގައިގެ އޭސީ ދެ ފެރީ އިން މާލެއާ ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 15 މިނެޓެވެ.