ލަވަކިޔުންތެރިޔާ އެޑަމް ލަވީންގެ އަންހެނުން، ބެހާޓީ ޕްރިންސްލޫ އެދެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަމަށް ހޮލީވުޑް ހަބަރުތައް ބުނެފި އެވެ.

މަޝްހޫރު ފަންނާނުންގެ ހަބަރުތައް ގެނެސްދޭ ޕީޕަލް މެގަޒިންގައި ބުނެފައި ވަނީ 26 އަހަރުގެ ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ބަލިވެ އިންކަން، އޭނާގެ ގާތް ފަރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ހަބަރާ އެކު އެޑަމް ހުރީ އުފަލުން ފޮޅިފައި ކަމަށް ހަބަރުތައް ބުނެ އެވެ.

އެޑަމް އާއި ޕްރިންސްލޫ ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މެރޫން ފައިވްގެ ފްރޮންޓް މޭން އަދި 'ދަ ވޮއިސް' ގެ ޖަޖު، އެޑަމް ވަނީ އޭނާ އަކީ ވަރަށް ގިނަ ކުދިން ހޯދަން ބޭނުންވާ މީހެއް ކަމަށް މީގެ ކުރިން ބުނެފަ އެވެ.