މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އިން ޑިވިޑެންޑްގެ ބައެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ ސަރުކާރަށް ދައްކާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، 2010 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލަފާކުރާ އަދަދަކީ 344 މިލިއަން ރުފިޔާ ކަމަށެވެ. އަދި 2010 ވަނަ އަހަރުގެ އޮޑިޓް ނިމިފައިނުވާ ނަމަވެސް، އޭގެ ތެރެއިން ޑިވިޑެންޑުގެ ބައެއްގެ ގޮތުގައި މިވަގުތަށް 100 މިލިއަން ރުފިޔާ ފިނޭންސަށް ދައްކައިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

"ދެހާސް ދިހަ ވަނަ އަހަރުގެ އޯޑިޓް ހިސާބު ނިމިފައި ނުވި ނަމަވެސް، މީގެ ތެރެއިން ޑިވިޑެންޑުގެ ބައެއްގެ ގޮތުގައި މިވަގުތަށް 100 މިލިއަން ރުފިޔާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީއަށް 25 އޭޕްރިލް 2011 ވަނަ ދުވަހު ވަނީ ދައްކައިފަ އެވެ." އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.