ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ ފުރުސަތު ދީފިއެވެ.

އެ ދެ ދައުވާ އަކީ ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްޙަ ނޫން ގޮތުގައި ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫންގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.

ދައުލަތުން ދައުވާ އިއްވުމުން މުހުތާޒު ވިދާޅުވީ އެ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.