10 Mar 2016, 16:15
އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި ކަމަށް ބުނެ ހައްޔަރުކުރި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޝިފާޒު ދޫކޮސްލީ ތަހުގޫގު ނިމުމުން ފުލުހުން ކަމަށެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ޝިފާޒު ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.
ފުލުހުން ބުނީ ޝިފާޒު ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށެވެ.