10 Mar 2016, 11:10
ހދ. ފިނޭ އިން މިއަދު ގެއްލުނު އުމުރުން ދުވަސްވީ މީހަކު ވަޅުގަނޑެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފިނޭ ކައުންސިލްގެ ނައިބު ރައީސް އާދަމް ޢަބުދުއްސައްތާރު ސަން އަށް މިއަދު ވިދާޅުވީ އުމުރުން ގާތް ގަނޑަކަށް 70 އަހަރު ވެފައިވާ، އެ ރަށު ވައިލެޓްހައުސް، އުސްމާން މުޙައްމަދު މަރުވެފައި އޮއްވައި ފެނުނީ ދަނޑުބިމެއްގައިވާ ވަޅުގަނޑެއްގެ ތެރޭގައި އޮއްވައި ކަމަށެވެ.

އުސްމާން މުޙައްމަދު މަރުވެފައި އޮތް ސަރަހައްދު ފުލުހުން ބަލަނީ --
"މިއަދު ހެނދުނު ނުވައެއް ޖަހާ އެހާކަށް ހާއިރު އޭނާ ގެއްލިގެން ރިޕޯޓްކުރީ. ހޯދުމުގެ މަސައްކަތް ކުރީ ރަށުގެ ރައްޔިތުން،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުސްމާންގެ ހަށިގަނޑު އަދި އޮތީ ވަޅުގެ ތެރޭގައި ކަމަށާއި ފުލުހުން އަންނަންދެން ގޮތެއް ނުހަދާ ބާއްވާފައި އޮތީ ކަމަށެވެ.