ޕެރިސް (މާޗް 10): ހަތަރު އަހަރުގެ ކުއްޖަކު އަތްދަބަހަކަށް ލައިގެން ތުރުކީގެ އިސްތަންބޫލް އިން ފްރާންސުގެ ޕެރިހަށް ފްލައިޓުން ދަތުރުކުރި އަންހެނަކު ހައްޔަރުކޮށްފިކަމަށް އެއާފްރާންސުން ބުނެފި އެވެ.

އެއާ ފްރާންސުން ބުނި ގޮތުގައި ހަތަރު އަހަރުގެ ކުޑަކުއްޖާއަކީ އެއަންހެން މީހާ އެޑޮޕްޓް ކުރަން މަސައްކަތް ކުރަމުންދާ ކުއްޖެކެވެ. އެ އަންހެން ކުއްޖާ އަތްދަބަހަކަށް ލައިގެން ފްލައިޓަށް އަރުވަން ޖެހުނީ އިސްތަންބޫލުގެ އެއާޕޯޓުން އެކުއްޖާ ފްލައިޓަށް އަރުވަން ދެކޮޅުހެދުމުން ކަމަށް އެ އަންމީހާ ބުނި ކަމަށްވެ އެވެ.

ފްލައިޓަށް އެރުމަށް ފަހު އަންހެން މީހާ އަތް ދަބަސް ބެހެއްޓީ އޭނާގެ ފައި ކައިރީގަ އެވެ. ބޯޓުން ދަތުރުކުރި މީހަކު ބުނި ގޮތުގައި ކުއްޖަކު ދަބަސްތެރޭ އޮތްކަން އެނގުނީ އަންހެން މީހާ ދަބަސް ހުޅުވާލި އިރު އޭގެ ތެރެއިން އެކުއްޖާ ހަރަކާތް ކުރާތަން އެހެން ފަސިންޖަރަކަށް ފެނުމުންނެވެ.

"އެދަބަހަކީ ފްލައިޓުގެ ފަހަތު ސީޓެއްގައި އިން އަންހެނަކަށް ނިސްބަތްވާ ދަބަހެއް. އޭނާ ދަބަސް ހުޅުވާލުމުން ކައިރީގައި ހުރި މީހާއަށް ފެނުނީ ދަބަސް ތެރެއިން އެއްޗެއް ހަރަކާތް ކުރާ ތަން. ދެން ފްލައިޓް އެޓެންޑެންޓުންނަށް އެކަން އެންގުމުން، ދަބަސްތެރެއިން ކުއްޖާ ފެނުނީ ކްރޫއަށް،" އެބޯޓުގައި ދަތުރުކުރި މީހަކު ބުންޏެވެ.

އެއާފްރާންސުގެ އޭއެފް 1891 ފްރާންސުގައި ޖެއްސުމާ އެކު އެގައުމުގެ ފުލުހުން ވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފަ އެވެ. އަދި މިހާރު ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް އެއާފްރާންސުން ބުންޏެވެ. (ބީބީސީ)