ވަގުތު އޮންލައިންގެ ނޫސްވެރިޔާ އާދަމް ނަވާޒު އާއި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ނަވާޒާއި ނާޒިމް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.

ވަގުތު އޮންލައިންގެ އޮފިޝަލަކު ވިދާޅުވީ އެ ނޫހުގެ އެޑިޓަރު އާދަމް ނަވާޒު ކޯޓަށް ހާޒިރުކުރަނީ މައުލޫމާތެއް ސާފުކޮށްލުމުގެ ބޭނުމުގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަންގާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ނާޒިމް ވިދާޅުވީ އޭނާ ހާޒިރުކުރަނީ ކޮން ބޭނުމެއްގައިކަން ކޯޓުން އަންގާފައިނުވާ ކަމަށެވެ.