ގައުމަށް ލާބަޔާއި މަންފާ ކުރަނިވި މަސައްކަތްތައް ކުރައްވާފައިވާ ނަމޫނާ ކަނބަލުންނަށް ދޭ ރެހެންދި އެވޯޑް މިއަހަރު ނުވަ ކަނބަލަކަށް ދީފިއެވެ.

ރެހެންދި އެވޯޑް ލިބޭ ފަރާތްތައް އިއުލާންކޮށް، އެވޯޑް ދިނީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެވޯޑް ލިބިވަޑައިގެންވި ބޭކަނބަލުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާނު ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އެވޯޑް ލިބުނު ފަރާތްތައް

  • ޅ. ނައިފަރު، މާތިލަ، ސާޖަންޓް ފަސްޓް ކްލާސް ޝަހުމާ ޔޫސުފް
  • ހ. ފަހިފާ، އާބިދާ ރަޝީދު
  • ލ. ފޮނަދޫ، މުރިނގު، ފާތިމަތު ޒައީމާ
  • ގ. ވެނެޒިޔާ، އައިމިނަތު ލީލާ
  • މ. ރޭޝަމް، ޑރ. އައިޝަތު މުނީޒާ
  • ވ. މެރެލިމާ، ފާތިމަތު ޝަފީގާ
  • މ. އާސްތާނާ، އައިމިނަތު އާތިފާ
  • މ. މުލައް، ހުސްނޫވިލާ، ފާއިޒާ ހުސެއިން
  • ގ. ސިނާމޯ، އައިމިނަތު ނަޒްލީ އިބްރާހިމް

މި އެވޯޑު ތާރަފްކޮށް އެންމެ ފުރަތަމަ ފަހަރު ބޭއްވީ 2014 ވަނަ އަހަރު އެވެ. އެ އަހަރު އެވޯޑު ހާސިލް ކުރީ މައްޝޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ (ޖުވޭ) އާއި އާމިނަތު ނަޝީދާއެވެ. މިދިޔަ އަހަރު އެވޯޑު ކާމިޔާބު ކުރީ ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމް އެވެ.