08 Mar 2016, 23:22
ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީއާ ދެކޮޅަށް ނުކުންނަ އާޖެންޓީނާގެ ސްކޮޑުން ތަޖްރިބާކާރު ފޯވާޑް ކާލޯސް ޓެވޭޒްއަށް ފުރުސަތު ގެއްލިއްޖެ އެވެ.
މި މަހުގެ 25 ވަނަ ދުވަހު ޗިލީގެ ދަނޑުގައި ކުޅޭ އެ މެޗަށް އެކުލަވާލި ސްކޮޑުން އުމުރުން 32 އަހަރުގެ ޓެވޭޒް ބައިކީ ކުރިއިރު އެންމެ ފަހުން އާޖެންޓީނާ ކުޅުނު ދެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ކުޅެފައި ނުވާ ކެޕްޓަން ލިއޮނަލް މެސީ އާއި ސާޖިއޯ އަގުއެރޯ ވަނީ ހިމަނާފަ އެވެ.
ބޮކަ ޖޫނިއާސް އަށް ކުޅެމުން އަންނަ ޓެވޭޒްއަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ އޭނާ އަށް އެކަށީގެންވާ ކުޅުމެއް ދެއްކެމުން ނުދާތީ ކަމަށް އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ ވަނީ ބުނެފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން އެ ޓީމު ކޮލަމްބިއާ އަތުން 1-0ގެ ނަތީޖާ އަކުން މޮޅިވި ނަމަވެސް އޭގެ ކުރިން ކޮލިފައިންގައި ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް ވަނީ މޮޅެއް ނުލިބިފަ އެވެ.
އާޖެންޓީނާއަށް ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ދެ މެޗު އޮތް އިރު ދެވަނަ މެޗުގައި އަމިއްލަ ދަނޑުގައި އެ ޓީމް ނުކުންނާނީ ބޮލީވިއާއާ ދެކޮޅަށެވެ.