08 Mar 2016, 19:45
އޭއެފްސީ ކަޕްގައި ފިލިޕީންސްގެ ކާޔާ އެފްސީއާ ދެކޮޅަށް ނިއުރޭޑިއަންޓުން ކުޅުނު މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބު ކުރި ގޯލާއެކު 1-0ގެ ނަތީޖާ އަކުން ކާޔާ އެފްސީ މޮޅުވެއްޖެ އެވެ.
ނިއު ހިމެނޭ ގުރޫޕްގައި މިއަދު ސިންގަޕޫރުގެ ބެލިސްޓާ އެފްސީ ކުޅުނު މެޗު 1-0ގެ ނަތީޖާ އަކުން ހޮންކޮންގް ގެ ކީޗީ ގެ މައްޗަށް ކުރިހޯދައިގެން ޖުމްލަ 4 ޕޮއިންޓާއެކު ވަނީ ގުރޫޕް 'އީ'ގެ އެއް ވަނަ އަށް އަރާފަ އެވެ. ނިއުގެ މައްޗަށް ކުރި ހޯދި ކަޔާ އެފްސީން ލިބުނު ތިން ޕޮއިންޓާއެކު ތިން ވަނާގައި އޮތްއިރު ނިއު އޮތީ އެއް ޕޮއިންޓާއި އެކު ފުލުގަ އެވެ.
ޕިލިޕީންސްގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފުރަތަމަ ހާފްގައު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވެ އެވެ.
އެގޮތުން ފުރަތަމަ ހާފްގައި ނިއުގެ ކެޕްޓަން އަހުމަދު ނިޔާޒު ފޮނުވާލި ދެ ހަމަލާއެއް ކަޔާގެ ކީޕަރު ދިފާއުކޮށްފައިވާ އިރު ކައުންޓާރ އެޓޭކެއްގައި ޒުވާން ފޯވާޑް އިއްޒަތު އަބްދުލް ބާރީ ހިފައިގެން އައި ބޯޅެއެއް ވެސް ވަނީ ކަޔާގެ ކީޕަރު އަތުލާފަ އެވެ.
ފުރަތަމަ ހާފުގައި ކަޔާއިން ވެސް ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށް ވީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނިއުގެ ކޯޕަރެވެ.
އެގޮތުން ކަޔާގެ ހުނަރުވެރި ފޯވާޑް ޖޯސޭ ޕޮޓޭރިއާ ފޮނުވާލި ދެ ހަމަލާއެއް އެއްވެސް ވަނީ ނުއުގެ ކީޕަރު ދިފާއު ކޮށްފަ އެވެ.
ފުރަތަމަ ހާފް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް ދެވަނަ ހާފުގައި ކަޔާ އެފްސީން ވަނީ އެ މީހުންގެ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތަކެއް އުފައްދަން މަސަތްކަތް ކޮށްފައެވެ.
ދެ ވަނަ ހާފުގައި ނިއުއަށް ގޯލެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ރިލްވާން ވަހީދު (ރިލޭ) އަށެވެ. ނަމަވެސް އިއްޒުތު ގޯލު ކުރިމައްޗައް ހުރަސް ކޮށްލި ބޯޅަ ރިލޭ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ބިމުގައި ޖެހި ގޯލުގެ މަތިންނެވެ.
ކައިރިކައިރީގައި ގިނަ ހަމަލާތަކެއް އަފައްދަމުން އައި ކަޔާ އިން މެޗުގެ ފަހު ވަގުތު ކޮޅުގައި ނިއުގެ ގޯލަށް ނުރްއްކާ ކުރި ނަމަވަސް މެޗުގެ 90 މިނެޓް ހަމަވިއިރު ވެސް އެ ޓީމަށް ވަނީ ނިއުގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.
އެ މެޗުގައި ކަޔާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތު ކޮޅުގައި ދެއްކި ތިން މިނެޓްގެ ވެސް އެންމެ ފަހު ސިކުންތު ކޮޅުގައި ކާމިޔާބުކޮށް ދިނީ ފޯވާޑް ޕޮޓޭރިއާ އެވެ. އެނާ އެ ގޯލު ކާމިޔާބު ކުރީ ގޯލު ކުރުމައްޗަށް ނަގައިދިން ހުރަހެއް ނިއުގެ ޕެނަލްޓީ އޭރިއާ ކުރިމަތީހުރެ އެނބުރިލާފައި ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
އެ މުބާރާތުގައި ނިއު ކުޅޭ ދެ ވަނަ މެޗުގައި ކިޗީ އެފްސީއާ ވާދަކުރުމަށް މާދަމާ އެ ޓީމް ހޮންކޮންގް އަށް ދާނެ އެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.