09 Mar 2016, 09:04
ޓަލްކަމް ޕައުޑަރަކީ އާއްމު ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން އާއްމުކޮށް ޒީނަތްތެރި ވުމަށް ބޭނުން ކުރާ ފުށާއި ބޭބީ ޕައުޑަރު އަދި އެހެނިހެން ވެސް ބޮޑީ ޕައުޑަރުތަކުގައި ވެސް ޓަލްކު އެކުލެވެ އެވެ.
ޓަލްކާއި ކެންސަރު

ޓަލްކަމް ޕައުޑަރު އުފައްދަނީ މިނެރަލް ޓަލްކު އިންނެވެ. ޓަލްކު އޭގެ ގޮތުގައި ފުނޑު ނުކޮށް ހުންނަ އިރު، އޭގައި އެސްބެސްޓޮސް ކިޔާ މާއްދާއެއް އެކުލެވެ އެވެ. އެ މާއްދާ އަކީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގު ފަހިކޮށްދޭ މާއްދާ އެކެވެ.
މިހާރު ބޭނުން ކުރާ ޕައުޑަރުތަކުގައި އެ މާއްދާ އެކު ނުލެވުނު ނަމަވެސް، ޓަލްކުގެ ސަބަބުން އަދި ވެސް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ މީހުން އުޅެ އެވެ. އޭގެ ތެރޭގައި ޓަލްކު މައިން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި ޓަލްކު ފުނޑު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ފާހަގަ ކޮށްލެވެ އެވެ.
ރަހިމުގެ ކެންސަރު ޖެހުމަށް ވެސް މަގުފަހިވޭ
ފައިވަޅު ކަނޑައިގެން ދިއުން ފަދަ ކަންކަމަށް ހައްލު ހޯދުމަށް ވެސް ވަރަށް ގިނަ މީހުން ޓަލްކަމް ޕައުޑަރު ބޭނުން ކުރެ އެވެ. އެގޮތުން އެފަދަ ކަންކަމުގައި ޓަލްކަމް ޕައުޑަރު ބޭނުން ކުރުމުގެ ސަބަބުން ރަހިމާ ހަމައަށް ޕައުޑަރު ފޯރުމުގެ ފުރުސަތު އޮވެ އެވެ. އަދި ނަތީޖާއެއްގެ ގޮތުން ރަހިމުގެ ކެންސަރު ޖެހެ އެވެ.

ޓަލްކަމް ޕައުޑަރުތަކުގެ ސަބަބުން އެހެނިހެން ކެންސަރު ޖެހުމަށް ވެސް މަގުފަހިވެ އެވެ. އެގޮތުން ޓަލްކަމް ޕައުޑަރު ބޭނުން ކުރުމުން ޔުޓެރެއިން އަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށްވެ އެވެ.
ޔުޓެރެއިން އަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑީ އިއްދައިން ކެނޑެން ގާތްވެފައިވާ އަންހެނުންނަށް ކަމަށްވެ އެވެ. -- މައުލޫމާތު: ސްޓެތް ނިއުސް