ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް، މަދަނީ ޖަމިއްޔާތަކުން ކުރިމަތި ލެއްވި 18 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު އަހްމަދު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް މަޖިލީހަށް އިއްވުމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ އެ ނަން ތައް ދިރާސަ ކުރުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވީ ކަމަށެވެ.

ކޮމިޓީއަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ، ނ. ވެލިދޫ އެލްޕާސޯ، މުހައްމަދު ހަލީމާއި އަހްމަދު ނަސީރު ޔޫސުފް މާލޭ ދަފްތަރާއި މ. ނޫވިލު އަހްމަދު ޝުއެއިބާއި ބ. ތުޅާދޫ ޖަވާހިރު ވާދީ މުހައްމަދު ޝިޔާމާއި ސ. މަރަދޫފޭދޫ އާނެރު، އަލީ ނިޒާރު އަދި މ.ބޯއްޑޫ މުހައްމަދު ރިޔާޒާއި ސ. ފޭދޫ ބިއްލޫރި ޖެހިގޭ އިބްރާހިމެވެ.
ދެން ހިމެނެނީ އަހްމަދު ފައިސަލް ވައިޓްރޯސް ނ.ޅޮއްސާއި މުހައްމަދު ފަރީދު ރޭވިލާ ފ. ފީއަލި އާއި މއ. ކަބީލާގޭ ފާތުމަތު ނަހުލާ އާއި މުހައްމަދު އަހްމަދު އަމާޒު އދ. ދަނގެއްޗާއި ފާތުމަތު ޝަފީގާ ވ. ސަހާ އާއި ދަފުތަރު ޒަކަރިއްޔާ ހުސެއިން އާއި ނިއުމާ މުހައްމަދު އަލަމާގެ ގދ. ވާދޫ އާއި އިބްރާހިމް އުމަރު ހ. ކޮކްނެޓް ވިލާ އާއި ޝާނީޒް ސައީދު މ. ނިރޮޅު އާއި ދަފުތަރު އަހްމަދު ޝަރީފް ނަފީސެވެ.

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި އެ މަސައްކަތްތައް ވިލަރެސްކުރާނީ ލޯކަލް ގަވަރްމަންޓް އޮތޯރިޓީންނެވެ. އެ އޮތޯރިޓީ އެކުލެވިގެންވާނީ، ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ދެ މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، މާލޭ ސިޓީކައުންސިލްގެ މެންބަރަކާއި، އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނާއި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އުފައްދާ ސިޓީ ކައުންސިލްތަކުން އިންތިހާބުކުރާ މެންބަރެއްގެ މައްޗަށެވެ.

އެ ގާނޫނުގައި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ދެ މެންބަރުންގެ ގޮތުގައި ހިމެނެނީ، އެ އޮތޯރިޓީގައި އަމިއްލަ ގޮތުން ހިމެނޭ މެންބަރަކާއި ޖަމިއްޔާތަކުން ހިމަނެންޖެހޭ މެންބަރެވެ. އެ އޮތޯރިޓީގައި އަމިއްލަ ގޮތުން

ހިމެނިވަޑައިގަންނަވާ މެންބަރެއްގެ ގޮތުގައި، މާލޭ މުނިސިޕަލްޓީގެ ދަފުތަރު، މުހައްމަދު ޒާހިދުގެ ނަން ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ ފާސްކޮށްފަ އެވެ.