08 Mar 2016, 14:03
ގދ. މާވަރުލު އެއާޕޯޓް އެޅުމަށް ހަތް ކުންފުންޏެއް އަދި ނ. މާފަރު އެއާޕޯޓް ހެދުމަށް ހަ ކުންފުންޏެއް ޝޯޓް ލިސްޓް ކޮށްފި އެވެ.
"ރީޖަނަލް އެއާޕޯޓްސް" އިން ސަން އަށް މައުލޫމާތު ދިންގޮތުގައި މާވާރުލު އެއާޕޯޓް ހެދުމަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވާ އިރު އޭގެ ތެރެއިން ޝޯޓް ލިސްޓް ކޮށްފައި ވަނީ ހަތް ކުންފުއްޏެކެވެ. އެ ހަތް ކުންފުނި ތިރީގައި އެވަނީ އެވެ.
1. ސެނޮކް ޓްރޭޑް އެން ކޮމްބައިން/ސްރީލަންކާ
2. ބޮރޮސާ އިންސާޓް ޓްރިޒަމް/ ތުރުކީ
3. ސިއެރާ ކޮންސްޓްރިކްޝަން/ ސްރީލަންކާ
4. ސަމަން ކޯޕަރޭޝަން/ ސައުތް ކޮރެއާ
5.ޑޯންފަންގް އިލެކްޓްރިކް ކޯޕަރޭޝަން/ ޗައިނާ
6. ޖޫގަން އެސެޓް ކޯޕަރޭޝަން/ ސައުތު ކޮރެއާ
7. ޗައިނާ ހާވާ އިންޖީނިއަރިން/ ޗައިނާ
ނ. މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް އަށް ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭގެ ތެރެއިން ޝޯޓް ލިސްޓްކޮށްފައި ވަނީ ހަ ފަރާތެކެވެ. ތިރީގައި އެވަނީ އެކުންފުނިތަކެވެ.
1. ސަން ހޮޓެލް އެންޑް ރިސޯޓް/ ރާއްޖެ
ސެނޮކް ޓްރޭޑް އެން ކޮމްބައިން/ ސްރީލަންކާ
3. ބޮރޮސާ އިންސާޓް ޓްރިޒަމް/ ތުރުކީ
4. ސަމަން ކޯޕަރޭޝަން/ ސައުތް ކޮރެއާ
5. ޑޯންފަންގް އިލެކްޓްރިކް ކޯޕަރޭޝަން/ ޗައިނާ
ޗައިނާ ހާވާ އިންޖީނިއަރިން/ ޗައިނާ
އެދެ އެއާޕޮޓް މަޝްރޫގެ "ޕްރީ ބިޑް" ސެޝަން މިމަހު 21 ވަނަ ދުވަހުގެ 13:00ގައި ބޭއްވުމަށް ނިންމާފައިވާ އިރު ބިޑް ހުށައެޅުން މިމަހު ތިރީސް ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އެ ދެ އެއާޕޯޓް ހެދުމަށް ކުރިން ހަވާލުކޮށްފައިވާ ދެ ކުންފުނީގެ އެގްރިމެންޓް ބާތިލްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ގދ. މާވަރުލު އެއާޕޯޓް މޯވިން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހަވާލުކޮށްފައި ވަނީ 30 މަސްތެރޭ އެއާޕޯޓް ނިންމާގޮތަށް 2011 ވަނަ އަހަރު އެވެ. އެ އެގްރިމެންޓް ބާތިލުކުރީ ދީފައިވާ މުއްދަތައް އެއާޕޯޓުގެ މަސައްކަތް ނިންމާފައިނުވާތީ އެވެ.
ނ. މާފަރު އެއާޕޯޓް 18 މަސްތެރޭ ނިންމުމަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ލިމިޓެޑާ އެކު އެގްރިމެންޓު ހަދާފައިވަނިކޮށް އެ އެގްރިމެންޓް ބާތިލުކުރީ ގަވައިދާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ އެވެ.