08 Mar 2016, 11:00
ހައުސިން މިނިސްޓަރުގެ ނައިބު ކަމުން އިސްތިއުފާދެއްވި ހަސަން އަލީ އަށް ހައިކޯޓުގެ ރަޖިސްޓްރާ ކަން ދެއްވައިފި އެވެ.
އޭނާ އެ މަގާމަށް ހަމަޖައްސާފައިވާކަން ހައިކޯޓުގެ އޮފިޝަލަކު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ސަން އަށް ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހު ހަސަން އަލީ ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައިވާ ގޮތުން އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކަށް ޓަކައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ހަސަން އަލީ އަކީ މިސަރުކާރުގެ އެންމެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރެވެ.