ކުޑަކުދިންގެ އެކްޓު ކުރުމުގެ ހުނަރު ދައްކުވައިދިނުމަށް ޒީ ޓީވީ އިން ގެނެސްދެމުން އަންނަ ޝޯވް "އިންޑިއާސް ބެސްޓު ޑުރާމޭބާޒް"ގެ އެއް ވަނަ 11 އަހަރުގެ ސްވާސްތީ ނިތުޔާ ހާސިލު ކޮށްފިއެވެ.

އެ ޝޯވްގެ ދެވަނަ ސީޒަން ސްވާސްތީ ކާމިޔާބު ކުރުމާއި ގުޅިގެން އޭނާއަށް ވަނީ ޓްރޮފީއެއްގެ އިތުރުން ފަސް ލައްކަ ރުޕީސްވެސް ހަދިޔާ ކޮށްފައެވެ.

ޝޯވް އަށް ފަހު ސްވާސްތީ ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، އެ ޝޯވްގެ އެއްވަނަ އަށް ދިއުމަކީ ހުވަފެން ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށެވެ.

"އިންޑިއާސް ބެސްޓު ޑުރާމޭބާޒް ގެ ސްޓޭޖުގައި ޕާފޯމް ކުރަން ލިބުމަކީ ހުވަފެން ހަގީގަތަކަށް ވުން ކަހަލަ ކަމެއް. އަދި އެ ޝޯވްއިން އެއްވަނަ ލިބުމަކީވެސް އެފަދަ ކަމެއް،" ސުވާސްތީ ނެރުނު ސްޓޭޓުމަންޓާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ޒީޓީވީ އިން ދައްކަމުން އަންނަ އެ ޝޯވްގެ ދެވަނަ ސީޒަންގެ ޖަޖުކަން ކޮށްފައިވަނީ، ވިވެކު އޮބެރޮއި އާއި ސޮނާލީ ބެންދްރީ ގެ އިތުރުން ސާޖިދު ޚާން އެވެ.