07 Mar 2016, 15:45
ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުގައި ވެސް ދިވެހި އަދި އިސްލާމް ދެ މާއްދާއިން "އޭ ސްޓާ" ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިމް އެގްޒަމިނޭޝަނުން ބުނެފި އެވެ.
އެ ޑިޕާޓްމަންޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެގޮތަށް ހަމަޖައްސާފައި ވަނީ އެސްއެސްސީ އަދި އެޗްއެސްސީ އިމްތިހާނާ އެކުގައި ބައިނަލްއަގުވާމީ އިމްތިހާނުތަކުގައި ގްރޭޑު ދިނުމަށް ނިންމާފައިވާ މިންގަނޑަށް ތަބާވުމުގެ ގޮތުން ކަމަށެވެ.
އަދި މިހާރު ގެނެވުނު ބަދަލަކީ ބައިނަލްއަގުވާމީ ފެންވަރުގެ އިމްތިހާނުތަކާ އެއް މިންގަނޑެއްގައި އެސްއެސްސީ އިމްތިހާނާ އެޗްއެސްސީ އިމްތިހާނު ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
ތިރިީގައި މިވަނީ އެސްއެސްސީ އިމްތިހާނާ އެޗްއެސްސީ އިމްތިހާނުގައި ގްރޭޑު ދިނުމަށް މިހާރު ކަނޑައަޅާފައިވާ މިންގަނޑެވެ.
މިއަހަރުން ފެށިގެން އެސްއެސްސީ އިމްތިހާނުން "އޭ ސްޓާ" ދޭން ފެށި ނަމަވެސް، އެޗްއެސްސީ އިމްތިހާނުގައި އޭ ސްޓާ ދޭން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ދިވެހި އިސްލާމް އަށް ދެވޭ އެންމެ މަތީ ގްރޭޑަކީ "އޭ" ފާހެވެ.