07 Mar 2016, 15:35
މަޖިލީހުގެ މެމްބަރުންނަށް ގާނޫނު އަސާސީ އިން ލާޒިމްކުރާ މާލީ ބަޔާން ހުށަހެޅުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ފުރިހަމަ ކުރައްވައިފި އެވެ.
މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާ
- ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުންދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.
ފަލާހު ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައި ވަނީ އޭނާގެ ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށެވެ. އަދި އަމިއްލަ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ. ހަމައެއާ އެކު އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އަމިއްލަ ނަމުގައި ހަރަދު ކުރި ފައިސާ -
- އަމިއްލަ ނަމުގައި ލިބުނު ފައިސާ -
- މިލްކިއްޔާތުގައި ހުރި ޖުމްލަ ފައިސާގެ އަދަދު - 109،380.01 ރުފިޔާ