07 Mar 2016, 15:00
ދައުލަތުންކުރި ތިން ދައުވާއަށް ވެސް މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން އިންކާރު ކުރައްވައިފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އިސްމެޖިސްޓްރޭޓް ނިހާން ވިދާޅުވީ، ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިންކާރު ކުރައްވާކަމަށެވެ. އަދި ގާނޫނީ ވަކީލެއް އައްޔަންކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ، އިސްމެޖިސްޓްރޭޓް ނިހާނަށް ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.
ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 2:45 ހާއިރު ގާނޫނާ ގަވާއިދާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރާ ކަމަށް ދައްކުވައިދޭ ލިޔުމެއް ނިހާން ތައްޔާރުކޮށްފައިވާ ކަމަށެވެ.