07 Mar 2016, 13:00
ނިކަގަސްމަގުގައި ހުންނަ "ފިލިވޮށި" ނަމަކަށް ކިޔާ ގަހަނާ ފިހާރައިން ވައްކަން ކުރި މައްސަލާގައި އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުރޭގެ ވަގުތެއްގައި ގަހަނާ ފިހާރައަކުން ވައްކަން ކުރި މައްސަލާގައި ތިން މީހަކު ފުލުހުން ހައްޔަރުކުރި އިރު އެ ފިހާރައިން ވަގަށް ނެގި ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.