ވަގުތަކީ ރަނަށް ވުރެ އަގު ބޮޑު އެއްޗެކެވެ. ސަބަބަކީ ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ކުރަން ޖެހިފައިވާ މަސައްކަތްތައް ވީހާވެސް ފަސޭހަކަމާ އެކު، ވަގުތު ސަލަމަތްވާނެ ގޮތަކަށް ކޮށް ނިންމުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ.

ބިހެއް ކައްކާލުމަށް ހޭދަވާ ވަގުތަކީ ވެސް ވަރަށް ގިނަ މީހުންނަށް ގެއްލޭ ވަރަށް މުހިއްމު ވަގުތު ކޮޅެކެވެ. އެ ވަގުތުކޮޅު ސަލާމަތް ކުރުމަށް ބައެއް ފަހަރު "ރޮލާ" ބިސް ބޭނުން ކުރާ ފަހަރު ވެސް އާދެ އެވެ. އެހެންކަމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިސް ކައްކާނެ އުކުޅަކަށް ބަލައިލާނަމެވެ.

ބިހެއް ކައްކަން އުދުމުގެ ކުރިން އެންމެ ފުރަތަމަ ވެސް އިސްކަން ދޭންވީ ބިހުގެ ތާޒާ ކަން ބެލުމަށެވެ. އެގޮތުން ތާޒާކަން ބަލާނީ ކިހިނެއްކަން މި ފޮޓޯ އިން ހާމަ ވާނެ އެެވެ.

ބިސް ކައްކާނެ ގޮތް:

ބޭނުންވާ ތަކެތި:

  • ހައެއްކަ ބިސް،

  • ފިނިކުރި ފެން،
  • އައިސް،
  • ބޯތަށްޓެއް،
  • ސޯސް ޕޭން އެއް،
  • ސަމްސަލެއް

ތައްޔާރުކުރާނެ ގޮތް:

ސޯސް ޕޭންއަށް ފިނި ފެން އެޅުމަށް ފަހު އެއަށް ބިސްތައް ލާށެވެ. އެއަށް ފަހު ކައްކާލާށެވެ. (ފެން ކައްކާއިރު، މަތި ނުޖަހާ ކައްކާށެވެ.) ފެންގަނޑު ރަނގަޅަށް ކެކުމުން، އުނދުން މަތިން ބޭލުމަށް ފަހު މަތި ޖަހާށެވެ.

ބިސް ރޯ ފިލާނެ މިންގަނޑު

ބިހެއް ރޯ ފިލާ މިންގަނޑު އަންގައިދޭ ތާވަލެއް ---

މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ބިހެއް ރޯ ފިލުވުމަށް ނަގާނެ ވަގުތު ތަކެވެ. އެގޮތުން އެއް މިނެޓުން ފެށިގެން 15 މިނެޓާ ހަމައަށް ބިހެއް ރޯ ފިލާނެ މިންގަނޑަކީ އެއީ އެވެ.

އެހެންކަމުން މަތީގައިވާ ތާވަލުން ދައްކާ ފަދައިން، ތިބާ ބިހެއް ރޯ ފިލުވުމަށް ބޭނުންވާ މިންގަނޑަކަށް ބިސްތައް ރޯފިލުވުމަށް ފެނުގައި ބަހައްޓާށެވެ.

އެއަށް ފަހު ޕޭން ގައި ހުރި ބިސްތައް ސަމްސަލަކުން ނެގުމަށް ފަހު އައިސް ފެނަށް ލާށެވެ، އަދި ހިހޫ ވުމުން ނަގާށެވެ.