ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ރޯޝަން އާއި ޔަމީ ގޯތަމް އެކުގައި ފެނިގެންދާ ފިލްމު "ކާބިލް"ގެ މަސައްކަތް މި މަހު ފަހު ކޮޅު ފެށުމަށް ތާވަލުކޮށްފިއެވެ.

އެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ރިތިކު އާއި ޔަމީ، އެ ފިލްމުގެ މަސައްކަތްތަކުގައި އަންނަ ޖުލައި މަހާ ހަމައަށް ހަރަކާތްތެރިވާނެ އެވެ.

ރިތިކް ރޯޝަން އާއި ޔަމީ ގޯތަމްގެ "ކާބިލް"ގެ މަސައްކަތް މާރިކު ފަހުކޮޅުގައި ފަށާނެ -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ރިތިކުގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ނަން ހާމަ ކުރި ނަމަވެސް، އެއީ ކޮންކަމަކާ ގުޅިގެން އުފައްދާ ފިލްމެއް ކަމެއް ނުވަތަ އެ ފިލްމުގެ ވާހަކައަކީ ކޮބައި ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮންމެ އަކަސްކާބިލްއަކީ ރިތިކު މި އަހަރު މަސައްކަތް ފެށި ފުރަތަމަ ފިލްމެވެ. ބެލެވޭ ގޮތުގައި މި އަހަރު ތެރޭ ރިތިކުގެ ގިނަ ފިލްމުތަކެއް ރިލީޒް ކުރެވޭނެ އެވެ.

މީގެ މަސްތަކެއް ކުރިން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެކަން ހާމަ ކޮށްފައެވެ.

"އަހަރެން ބޭނުން މި އަހަރު އެއް ފިލްމަށް ވުރެ ގިނަ ފިލްމު ކުޅެން"، ރިތިކު ބުންޏެވެ.