07 Mar 2016, 00:43
އައްޑޫ ސިޓީގެ ހިތަދޫ މަގެއްގެ މަތިން ޒަހަމްތަކަކާ ވެއްޓިފައި އޮތް 16 އަހަރުގެ ފިރިހެން ކުއްޖަކު މިރޭ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމްތަކަކާ އެކު މަގެއް މައްޗަށް "އެއްލާލާފައި" އޮތް ކުއްޖާ ފެނުނީ މިރޭ އެ ސަރަހައްދު ޕެޓްރޯލް ކުރުމުގައި އުޅުނު ފުލުހުންނަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެ ކުއްޖާ ފެނުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.