07 Mar 2016, 00:23
މެލޭޝިއާގެ ކުންފުންޏަކުން އުފައްދައި ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ "ހައިރެކްސް" ބްރޭންޑުގެ އަޑީތެޔޮ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ރާއްޖެއަށް އެ ބްރޭންޑް ތައާރަފްކޮށްފައި ވަނީ އެޕޯލޯ ހޯލްޑިންގްސް އާއި ގުޅިގެންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ހައިރެކްސް ބްރޭންޑް ރާއްޖެއަށް ތައާރަފްކުރަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ހައިރެކްސް އިން އުފައްދާ އުފެއްދުންތަކުގެ ތެރޭގައި ކާރު، ސައިކަލު ފަދަ އެއްގަމު އުޅަނދުތަކަށް ހާއްސަ އޮޓޯމޮޓިވް ލުބްރިކެންޓް އާއި ކަނޑު އުޅަނދުތަކުގެ އަޑީތެލާއި އިންޑަސްޓްރިއަލް ލުބްރިކެންޓްސް ހިމެނެ އެވެ. އިންޑަސްޓްރިއަލް ލުބްރިކެންޓް ތަކުގެ ތެރޭގައި ގިއާ އޮއިލް، ޓްރާންސްމިޝަން ފްލުއިޑްސް، ޓްރެކްޓާ ފްލުއިޑްސް، ހައިޑްރޯލިކް އޮއިލް އަދި ކޮމްޕްރެސާ އޮއިލް ހިމެނެ އެވެ.
އޭގެ އިތުރުން ސްޕެޝަލިޓީ ލިކުއިޑްސްގެ ތެރޭގައި ކޭބަލް އޮއިލް އަދި ކޫލެންޓް ފަދަ ބާވަތްތަކުގެ އިތުރުން އެ ކުންފުނިން އުފައްދާ ގްރީސް އަކީ މަގުބޫލު ބްރޭންޑެކެވެ.
ހައިރެކްސްގެ ކޮލިޓީއަށް ބަލާއިރު އެ ކުންފުނީގެ އުފެއްދުންތަކަކީ އައިއެސްއޯ 9001:2008 އަށް ފެތޭ ކޮލިޓީގެ އުފެއްދުންތަކެވެ. އޭގެ އިތުރުން އެމެރިކަން ޕެޓްރޯލިއަމް އިންސްޓިޓިއުޓް (އޭޕީއައި) އިން އެ ކުންފުނީގެ އުފެއްދުންތައް އެޕްރޫވްކޮށްފައިވާ އިރު، ޔޫރަޕްގެ އޮޓޯމޮބައިލް މަނުފެކްޗަރާސް އެސޯސިއޭޝަން (އޭސީއީއޭ) އިން ވެސް ވަނީ އެ ކުންފުނީގެ އުފެއްދުންތައް އެޕްރޫވްކޮށްފަ އެވެ.
އޭގެ އިތުރުން ޔޫއެސްއޭ އަދި ބެލްޖިއަމްގެ ގެވެސް ބައެއް ބޮޑަތި ކުންފުނިތަކުން ހައިރެކްސް އޮއިލްސް ގެ އުފެއްދުންތައް އެޕްރޫވްކޮށްފައިވެ އެވެ. މާކެޓަށް ބަލާއިރު އެ ކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ 30 ގައުމެއްގައި ވިއްކަމުން އަންނަ އިރު ސައުދީ އަރަބިއާފަދަ ގައުމުތަކާއި އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަކަށް އެ ކުންފުނިން އުފެއްދުންތައް ވިއްކަމުންދެ އެވެ.
އެޕޯލޯ ހޯލްޑިންގްސް އާއި ގުޅިގެން އެ އުފެއްދުން ރާއްޖޭގައި ލޯންޗްކޮށްފައި ވަނީ މިރޭ ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ހައިރެކްސް އޮއިލްސްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްދެއްވީ ހައިރެކްސް އޮއިލްސްގެ މެނޭޖިން ޑިރެކްޓަރު ހަޒިމާ ބިންތު ޒައިނުއްދީން އާއި އެޕޯލޯ ހޯލްޑިންގްސް ގެ ސީއީއޯ މުހައްމަދު ވަހީދު އެވެ.
އެޕޯލޯ ހޯލްޑިންގްސްގެ އެކައުންޓެންޓް މެނޭޖާ އަހުމަދު ހަބީބު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަށް ދާދި ކުޑަ މުއްދަތެއްގެ ތެރޭގައި އެ އުފެއްދުން ވިއްކަންފަށާނެ ކަމަށެވެ.