ސަރުކާރާއި ރައްޔިތުން ބައިވެރިވާ، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސިޓީ އިންވެސްޓްމަންޓްސް ގުޅިގެން އެސްޓީއޯ އިން ބާޒާރުގައި ވިއްކަމުން އަންނަ ޑެންމާކްގެ ބްރޭންޑެއް ކަމުގައިވާ 'ރޮބާޓް' އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިރޭ ސިޓީ ގާޑުން ރެސްޓޯރަންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ރޮބަޓް ސިޓީ ސުނެކްސް" އިފްތިތާހު ކޮށްދެއްވައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ފުޑް އެންޑް ބެވަރެޖް ޑިޕާޓްމަންޓުގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން އަދި ސިޓީ އިންވެސްޓްމެންޓްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަތީފް އެވެ.

ރޮބަޓް ސިޓީ ސުނެކްސްގެ ނަމުގައި މިރޭ ފެށި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ރޮބަޓް ބްރޭންޑުގެ ދަޅު. "ރޮބަޓް ސިޓީ ސްނެކްސް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ސަން ފޮޓޯ

ޕްރޮމޯޝަން ކުރިއަށްދާ އިރު ސިޓީ ގާޑުން އިން ހިދުމަތް ހޯދާ ކަސްޓަމަރުން ދޭ ކޮންމެ އޯޑަރަކަށް ރޮބާޓް ސިޓީ ސުނެކް ސާވް ކުރާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އޭގެ އިތުރުން ކޮންމެ ފަރާތަކަށް ވެސް ހާއްސަ ވައުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ވައުޗާ ހިފައިގެން އެސްޓީއޯ ސުޕަމާޓަށް ގޮސް ކުރާ 200 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް 'ރޮބާޓް' ދަޅެއް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.