06 Mar 2016, 22:25
އެންމެ ހިންގުންތެރި ކައުންސިލްތަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަހަރު ދޭން ފެއްތި "ކަންގަތި އެވޯޑު"ގެ އެއް ވަނަ ށ. ފޯކައިދޫ ކައުންސިލާއި ށ. އަތޮޅު ކައުންސިލުން ހޯދައިފި އެވެ.
ފޯކައިދޫ ކައުންސިލަށް ކަންގަތި އެވޯޑު ލިބުނީ ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ހިންގުންތެރި 10 ކައުންސިލްތަކުގެ ތެރެއިން އެއް ވަނަ ލިބިގެންނެވެ. އަދި ށ. އަތޮޅު ކައުންސިލަށް އެ އެވޯޑު ލިބުނީ އެންމެ ހިންގުންތެރި ތިން ކައުންސިލްގެ ތެރެއިން އެއް ވަނަ ހޯދައިގެންނެވެ.
އެލްޖީއޭއިން ބުނީ ކައުންސިލްތަކުގެ ރޭކިން، ޕާފޯމަންސް އިންޑެކްސްގެ ނަތީޖާ ބިނާކޮށްފައި ވަނީ ކައުންސިލްތަކުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި ބުނީ ވަރަށް ރަނގަޅަށް ޕާފޯމް ކުރާ ކައުންސިލަކުން ވެސް އެލްޖީއޭއަށް މައުލުމާތު ފޯރުކޮށްނުދޭނަމަ ރޭކިންގައި ރަނގަޅު ވަނައެއް ނުލިބި ހިނގައިދާނެ ކަމަށެވެ.
އެންމެ ހިންގުންތެރި 10 ކައުންސިލް:
1 ވަނަ: ށ. ފޯކައިދޫ ކައުންސިލް
2 ވަނަ: އުނގޫފާރު ކައުންސިލް
3 ވަނަ: މަރޮށި ކައުންސިލް
4 ވަނަ: ގދ. ތިނަދޫ ކައުންސިލް
5 ވަނަ: ކ. ގުރައިދޫ ކައުންސިލް
6 ވަނަ: ކ. ހުރާ ކައުންސިލް
7 ވަނަ: ކ. ގުޅީ ކައުންސިލް
8 ވަނަ: ށ. ފުނަދޫ ކައުންސިލް
9 ވަނަ: ރ. ވާދޫ ކައުންސިލް
10 ވަނަ: މ. މަޑުއްވަރީ ކައުންސިލް
އެންމެ ހިންގުންތެރި 3 އަތޮޅު ކައުންސިލް:
1 ވަނަ: ށ. އަތޮޅު ކައުންސިލް
2 ވަނަ: ފުވައްމުލަކު އަތޮޅު ކައުންސިލް
3 ވަނަ: ތ. އަތޮޅު ކައުންސިލް
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށިތާ ފަސް އަހަރު ފާހަގަ ކުރުމުގެ އުފުލުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ލާމަރުކަޒީ ދުވަހުގެ ޖަލްސާގައި ކޮންމެ އަތޮޅަކުން އެންމެ ހިންގުންތެރި ކައުންސިލް ވެސް ހޮވާފައިވެ އެވެ.
ކޮންމެ އަތޮޅަކުން ހިންގުންތެރި ކަމަށް ހޮވި ކައުންސިލްތައް:
ހއ އަތޮޅު: މާރެންދޫ ކައުންސިލް
ހދ. އަތޮޅު: ވައިކަރަދޫ ކައުންސިލް
ށ. އަތޮޅު: ފޯކައިދޫ ކައުންސިލް
ނ. އަތޮޅު: ކުޑަފަރީ ކައުންސިލް
ރ. އަތޮޅު: އުނގޫފާރު ކައުންސިލް
ބ. އަތޮޅު: އޭދަފުށި ކައުންސިލް
ޅ. އަތޮޅު: ހިންނަވަރު ކައުންސިލް
ކ. އަތޮޅު: ގުރައިދޫ ކައުންސިލް
އދ. އަތޮޅު: ދަނގެތި ކައުންސިލް
ވ. އަތޮޅު: ކެޔޮދޫ ކައުންސިލް
މ. އަތޮޅު: މަޑުއްވަރީ ކައުންސިލް
ދ. އަތޮޅު: ރިނބިދޫ ކައުންސިލް
ތ. އަތޮޅުން: ބުރުނީ ކައުންސިލް
ގދ. އަތޮޅު: ތިނަދޫ ކައުންސިލް
ޏ. އަތޮޅު: މިސްކިތްމަގު ކައުންސިލް