06 Mar 2016, 12:44
މަޖިލީހުގެ މެމްބަރުންނަށް ގާނޫނު އަސާސީ އިން ލާޒިމްކުރާ މަލީ ބަޔާން ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ފުރިހަމަ ކުރައްވައިފި އެވެ.
މަޖިލީހުގެ މެމްބަރުން އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާ
- ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.
ރުކުމާ މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުގައި ވަނީ އަރަންޏާއި ދަރަނި ހިމެނޭ ގޮތަށް ފައިސާގެ ތަފްސީލުތައް ހާމަކޮށް މައުލޫމާތު ފުރިހަމަކޮށްފަ އެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގައި އެއް ސައިކަލު ހިމެނޭ ކަމަށް މާލީ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަމިއްލަ ނަމުގައި ހަރަދު ކުރި ފައިސާ - 957،226 ރުފިޔާ
- އަމިއްލަ ނަމުގައި ލިބުނު ފައިސާ - 968،406 ރުފިޔާ
- މިލްކިއްޔާތުގައި ހުރި ޖުމްލަ ފައިސާގެ އަދަދު - 13،130.85 ރުފިޔާ