06 Mar 2016, 12:18
ޖަރުމަން ބުންޑަސްލީގާގައި ބްރޫޝިއާ ޑޯޓްމަންޑު އާއި ބަޔާން މިއުނިކްގެ ކުރިމަތިލުން 0-0ގެ ނަތީޖާ އަކުން އެއްވަރުވެ، ލިބުނު އެއް ޕޮއިންޓާ އެކު ޑޯޓްމަންޑްއިން އެ މީހުންގެ ލީޑް ދަމަހައްޓައިފި އެވެ.
ރޭގެ ނަތީޖާއާއެކީ ބަޔާން ލީގުގެ އެއްވަނައިގައި އޮތީ 63 ޕޮއިންޓާއެކީގަ އެވެ. ދެވަނައިގައި 58 ޕޮއިންޓާއެކީ ޑޯޓްމަންޑް އޮތްއިރު، ލީގުގެ ތިންވަނައިގައި 42 ޕޮއިންޓާއެކީ އޮތީ ހާތަ ބާލިން އެވެ.

ޖަރުމަން ބުންޑަސްލީގާގައި ބްރޫޝިއާ ޑޯޓްމަންޑު އާއި ބަޔާން މިއުނިކް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ބްރޫޝިއާ ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފަ އެވެ.
އެ މެޗުގައި ގޯލްޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބަޔާންގެ މިޑްފިލްޑަރު އާޓޫރޯ ވިޑާލްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ޑޯޓްމަންޑްގެ ގޯލުގެ ހުރަސް ދަޑިއަށެވެ. މީގެ އިތުރުން އެ ތޯމަސް މުލާ އާއި ޑަގްލަސް ކޯސްޓާ އަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ޖަރުމަން ބުންޑަސްލީގާގައި ބްރޫޝިއާ ޑޯޓްމަންޑު އާއި ބަޔާން މިއުނިކް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ބަޔާންގެ އިތުރުން ދެވަނަ ހާފްގައި ޑޯޓްމަންޑް އަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާ އިރު، އެ ޓީމްގެ ފޯވާޑް އައުބަމަޔަންގް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ވެސް ވަނީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ދިފާއު ކޮށްފަ އެވެ.