އެކިއެކި މައްސަލަތަކާގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2022 ފުޅި ބަނގުރަލާއި ރީނދޫ ހަމުގައި ހުރި ދެ ހަން ރަލާއި 621 ދަޅު ބިޔަރާއި އެހެނިހެން ބާވަތުގެ 169 އައިޓަމްއެ ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެ ނައްތާލި ބަނގުރާ. އޭގެ ތެރޭގައި މީގެ ހަތް އަހަރު ކުރީގެ މައްސަލަތަކުގައި ހިފެހެއްޓުނު ބަނގުރާ ވެސް ހިމެނޭ -- ފޮޓޯ: ޕޮލިސް

އިއްޔެ ނައްތާލާފައި ވަނީ ތަފާތު 90 މައްސަލައަކާ ގުޅިގެން ހިފަހައްޓާފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތުދޭއިރު އޭގެ ތެރޭގައި މީގެ ހަތް އަހަރު ކުރިން ހިފެހެއްޓުނު ތަކެތި ވެސް ހިމެނެ އެވެ.

އެގޮތުން އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2008 ވަނަ އަހަރުގެ 16 މައްސަލައަކާއި 2009 ވަނަ އަހަރުގެ ހަތަރު މައްސަލައަކާއި 2012 ވަނަ އަހަރުގެ 13 މައްސަލައަކާއި 2013 ވަނަ އަހަރުގެ 26 މައްސަލައެއްގެ އިތުރުން 2014 ވަނަ އަހަރުގެ 11 މައްސަލައެއް ކަމަށް ފުލުހުން ބުނެ އެވެ.