ހައުންސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ހަސަން އަލީ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އަމިއްލަ ސަބަބުތަކަށްޓަކައި އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް އޭނާ ސިޓީފުޅެއް ފޮނުވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ހަސަން އަލީއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހައުސިން މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސިޔާސީ މަގާމު ދެއްވާފައިވާ ފަސް ބޭފުޅުން ތިއްބަވަ އެވެ. އަދި ސްޓޭޓް މިނިސްޓަރު ފެންވަރުގައި ހަތަރު ބޭފުޅަކު ތިއްބަވަ އެވެ. އެ މިނިސްޓްރީގެ ކޯޑިނޭޓަރުގެ އަދަދަކީ 13 އެވެ.