އެންޒީ ކުންފުނީގެ ޕިކަޕަކުން ޖެހި އެ ކުންފުނީގެ ބިދޭސީ މުވައްޒަފަކު މަރުވި މައްސަލާގައި އިއްޔެ ފުލުހުން ހައްޔަރު ކުރި ޕިކަޕް ޑްރައިވަރުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

ފުލުހުން ވިދާޅުވީ އިއްޔެ 3:15 ކަންހާއިރު ހުޅުމާލޭގައި ހުންނަ އެންޒީ ފެކްޓްރީގައި ޕިކަޕެއް ފަހަތައް ޖެހިވަގުތު ޕިކަޕު ފަހަތުގައި ހުރި ބިދޭސީއެއްގައި ޖެހި ޒަހަމްވެ އޭނާ މަރުވެފައިވާ ކަމަށެވެ. ބަންގްލަދޭޝް މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.