05 Mar 2016, 13:43
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޭ ކުރެހުމާ އެއްގޮތަށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައިއެންއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.
ޑޮމެސްޓިކް ޓާމިނަލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި ވާއިރު، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލަވުން، އެކުންފުނީގެ މައި އިދާރާގައި މާދަމާ އޮންނާނެ އެވެ.
އެކަމާ ބެހޭ މައުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ 11:30 ށް އެކުންފުނީގެ މައި އިދާރާއަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ 11:30 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ބީލަން އެވޯޑު ކުރުމަށް ނިންމާފައި ވަނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާ ފަރާތަކަށެވެ.