ލުނބޮލަކީ ހުތް އަދި އެހައިމެ މީރު މޭވާ އެކެވެ. ވިޓަމިން ސީ އިން މުއްސަނދި ވެގެންވާ އެ މޭވާ އަކީ ސިއްހަތަށް ވެސް އެތައް ގޮތަކުން ފައިދާ ލިއްބައިދޭ މޭވާ އެކެވެ.

އެ މޭވާ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތަކުން ވެސް މުއްސަނދިވެފައިވާ މޭވާ އެކެވެ. ހަމައެއާ އެކު އެއީ ސިއްހީ ގޮތުން ދިމާވާ އެތަކެއް މައްސަލަތަކަކަށް ވެސް ހައްލު ހޯދައިދޭ މޭވާ އެކެވެ. އެހެންކަމުން ލުނބޮލުގެ އަޖއިބުތަކަށް ބަލާލާނަމެވެ.

މޫނުގައި ހުންނަ ބިހިތައް ފިލުވާލުމަށް

މޫނުގައި ބިހި ނަގާފައި ހުންނަ ސަރަހައްދުތަކުގައި ލުނބޯ ހާކާށެވެ. އަދި ދިހަ ވަރަކަށް މިނެޓު ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާށެވެ. ޔަގީނުން ވެސް މޫނުގައި ހުންނަ ބިހިތައް ކުޑަ ވާނެ އެވެ.

މި ޓުރީޓުމަންޓު އާދަކޮށް ކޮންމެ ދުވަހަކު ވެސް ނަގާށެވެ. މޫނުގައި ހުންނަ ބިހިތައް މުޅިން ފިލުވާލުމަށް އެހީތެރި ވެދޭނެ އެވެ.

މޫނުގެ ތެޔޮކަން ފިލުވާލުމަށް ވެސް

މޫނުގައި ހުންނަ ތެޔޮކަން ފިލުވާލުމަށް ވެސް ލުނބޯ އެހީތެރިވެދެ އެވެ. އެގޮތުން ނިދަން އޮށޯތުމުގެ ކުރިން ލުނބޮއެއްގެ ދިޔަ މޫނުގައި ހާކާށެވެ. އަދި ހެނދުނު ހޭލުމަށް ފަހު މޫނު ދޮވެލާށެވެ. ޔަގީނުންވެސް މޫނުގައި ހުންނަ ތެޔޮކަން ވަރަށް ބޮޑުތަން ކުޑަ ވެގެންދާނެ އެވެ.

ތުންފަތުގައި ހުންނަ ބޭކާރު ހަންތައް ފިލުވާލުމަށް ވެސް

ތުންފަތް ސާފު ކުރުމަށް ވެސް ލުނބޯ އެހީތެރި ވެދެ އެވެ. އެގޮތުން ތުންފަތުގައި މަރުވެފައި ހުންނަ ހަންތަކުން ތުންފަތް ސާފު ކުރުމަށް ލުނބޯ ކޮޅަކުން ތުންފަތުގައި ހާކާށެވެ. އަދި ދޮވެލާށެވެ. މި ޓުރީޓުމަންޓު ވެސް އާދަކޮށް ބޭނުން ކުރާށެވެ. ތުންފަތް ރީތި ވާނެ އެވެ.

ލުނބޯ: ހަންފޮޅުމަށް ވެސް ހުރި ހައްލެއް

އޮލިވް އޮއޮލް ކޮޅަކާއި ކާށި ތެޔޮ އަދި ލުނބޯ ދިޔަ ކޮޅަކާ މާމުއި ކޮޅެއް އެއްކޮށްލުމަށް ފަހު ބޮލުގައި ހާކާށެވެ. ނުވަތަ މަސާޖު ކުރާށެވެ. މި ޓުރީޓުމަންޓް އާއްމުކޮށް ނަގާށެވެ. ހަންފޮޅުމުގައި މައްސަލައަށް ލުއި ކަމެއް ލިބިގެން ދާނެ އެވެ.

ދަތްތައް ހުދު ކުރުމަށް ވެސް

ލުނބޯ ހުތް ކޮޅަކާއި ބޭކިންގު ސޯޑާ ކޮޅެއް އެއްކޮށްލާށެވެ. އަދި ކަފަ ކޮޅަކުން އެ މިކްސްޗާ ދަތްތަކުގައި ހާކާށެވެ. އަދި މިނެޓެއް ވަންދެން ބަހައްޓާށެވެ. މިނިޓެއް ވަރު ހަމަވުމުން ދަތްތައް ދޮވެލާށެވެ. ޔަގީނުން ވެސް ދަތްތައް ހުދު ވާނެ އެވެ.