ސްޓާ ވޯސްގެ "އާރް2-ޑީ2" ރޮބޮޓު އުފެއްދި ޓޯނީ ޑައިސަން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުން 68 އަހަރުގެ ޓޯނީ މަރުވެފައި އޮއްވައި ފެނުނީ، ގޯޒޯގެ މާލްޓީސް ގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ.

ޓޯނީގެ ހަށިގަނޑު މަރުވެފައި އޮއްވައި ފެނުނީ، އޭނާ ނުފެންނަތާ ގިނަ ދުވަސް ވެގެން އޭނާގެ ރައްޓެހިން ފުލުހުންނަށް ރިޕޯޓު ކުރުމުން، ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

"އާރް2-ޑީ2" ގެ ތަފާތު އަށް ރޮބޮޓު އުފައްދާފައިވާ ޓޯނީގެ، ވެބްސައިޓާ ހަވާލާދީ ހަބަރުތައް ބުނާގޮތުން އެ ރޮބޮޓުތައް އުފެއްދުމަށް އޭނާ ހޭދަ ކުރި ވަގުތުތަކަކީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތު ތަކެވެ.

ހަމައެއާއެކު، ޓޯނީގެ ވެބްސައިޓާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ޓޯނީ ވަނީ ސޮނީ، ފިލިޕްސް، ޓޮޝިބާ ފަދަ ކުންފުނިތަކަށްވެސް ރޮބޮޓު އުފައްދައި ދީފައެވެ.