އެންޒީ ކުންފުނީގެ ޕިކަޕަކުން ޖެހި އެކުންފުނީގެ ބިދޭސީ މުވައްޒިފަކު މަރުވި މައްސަލާގައި އެޕިކަޕު ދުއްވަން އިން ޑުރައިވަރު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިރޭ ސަން އަށް ވިދާޅުވީ ޕިކަޕުން ޖެހި ބިދޭސީ މީހާ މަރުވި މައްސަލާގައި އެޕިކަޕު ދުއްވަންއިން ބަނގުލަދޭސްގެ ޑުރައިވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 3:15 ކަންހާއިރު ހުޅުމާލޭގައި ހުންނަ އެންޒީ ފެކްޓްރީގައި ޕިކަޕެއް ފަހަތައް ޖެހިވަގުތު ޕިކަޕު ފަހަތުގައި ހުރި ބިދޭސީއެއްގައިޖެހި ޒަހަމްވެ އޭނާ މަރުވެފައިވާ ކަމަށެވެ. ބަނގުލަދޭސް މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުން ބުންޏެވެ.