04 Mar 2016, 17:05
ތަފާތު އުފެއްދުންތައް އުފައްދާ އެންޒީ ކުންފުނީގެ ޕިކަޕަކުން ޖެހި އެ ކުންފުނީގެ ބިދޭސީ މުވައްޒިފަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެއަކު "ސަން"އަށް ވިދާޅުވީ މިއަދު 3:15 ކަންހާއިރު ހުޅުމާލޭގައި ހުންނަ އެންޒީ ފެކްޓްރީގައި ޕިކަޕެއް ފަހަތައް ޖެހިވަގުތު ޕިކަޕު ފަހަތުގައި ހުރި ބިދޭސީއެއްގައިގައި ޖެހި ޒަހަމްވެ އޭނާ މަރުވެފައިވާ ކަމަށެވެ.
ބަނގުލަދޭސް މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނައިރު އަދި އެމައްސަލާގައި މީހަކު ހައްޔަރެއް ނުކުރެއެވެ.