ދިރާގުން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކޮންމެ ދުވަހަކު އެންމެފަހުގެ ސްމާޓްފޯނެއް ލިބޭގޮތަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އެންމެ ފަހު ހަފްތާގެ ނަސީބުވެރިންނާއި ފޯނު ހަވާލުކޮށް އެ ޕްރޮމޯޝަން ނިންމާލައިފިއެވެ.

ޖެނުއަރީ 11 ވަނަ ދުވަހުން ފެށިގެން 29 ފެބްރުއަރީގެ ނިޔަލަށް ދިރާގުން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ޖުމްލަ 50 ފަރާތަކަށް މިހާރު ބާޒާރުގައި ހުރި އެންމެފަހުގެ ސްމާޓްފޯންތައް ކަމަށްވާ އެޕަލް އައިފޯން 6އެސް، އެޕަލް އައިފޯން 6އެސް ޕްލަސް، ސެމްސަންގް ގެލެކްސީ އެސް6 އެޖްގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް6 އެޖް ޕްލަސްގެ ފޯނު ވަނީ ލިބިފައެވެ.

މިދިޔަ ހަފްތާގެ ނަސީބުވެރީންނާ ފޯނުތައް ހަވާލުކޮށްފައި ވަނީ، މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރޭން، މި ޕްރޮމޯޝަންގެ މިދިޔަ ހަފްތާގެ ނަސީބުވެރީންނަށް ފޯނުތައް ހަވާލުކޮށްދީފައިވަނީ، ދިރާގުގެ ޑިރެކްޓަރ އިންޓަރނޭޝަނަލް ލީގަލް އެންޑް ރެގިއުލޭޓަރީ، އާތިފާ އަލީ އާއި ދިރާގުގެ މެނޭޖަރ ހިއުމަން ރިސޯސަސް، އަހުމަދު އިބްރާހިމްގެ އިތުރުން ޕަބްލިކް ރިލޭޝަން މެނޭޖަރ އިމްޖާދު ޖަލީލެވެ.

އެގޮތުން އެ ޕްރޮމޯޝަންގެ 6 ވަނަ ހަފްތާގެ ނަސީބުވެރި 12 ފަރާތަކީ:

  • އަބޫބަކުރު އަބްދުލް ކަރީމް، އަސަރީގެ، އދ. ފެންފުށި

  • އަލްމާސް އަހުމަދު، މަލަސް، ޏ. ފުވައްމުލައް
  • އައްބާސް މުހައްމަދު، މ. ހޮޓާދޮށުގެ، ކ. މާލެ
  • މުނައްވަރު އަބްދުﷲ، ޒީނިޔާ، ގދ. ވާދޫ
  • ބަދީއު ޒަކަރިއްޔާ، ހިތިގަސްދޮށުގެ، ހދ. ކުޅުދުއްފުށީ
  • އަލީ ރަޝީދު، ސޯސަން ވިލީ، ހދ. ނޮޅިވަރަން
  • މުހައްމަދު އިބްރާހިމް، އޮއިވަރު، ހދ. ނޮޅިވަރަން
  • ފާތިމަތު މުނައިފާ މުހައްމަދު، ފާލަންދޮށުގެ، ޅ. ހިންނަވަރު
  • އަހުމަދު މުހައްމަދު، މ. މެސްޓް، ކ. މާލެ
  • މުހައްމަދު ވަލީދު، ނަލަގެ، ށ.ފޯކައިދޫ
  • އަސްރާ އަބްދުލް ލަތީފު، ހ. ގޯލްޑެން ވިލެޖް، ކ. މާލެ
  • އައިމިނަތު ސުވޭދާ، މއ. ކެކުރި، ކ. މ. މާލެ

އާ އަހަރާ ގުޅުވައިގެން، ދިރާގުން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔަ ނަމަވެސް، މިފަދަ އެހެނިހެން ހަރަކާތްތައް ދިރާގުގެ އެހެން ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން ދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.