މާސް ނެދަލޭންޑު ބީވީ އިން އުފައްދާފައިވާ ޗޮކުލެޓުތަކުގެ ތެރެއިން މައްސަލަ ދިމާވެފައިވާ ޗޮކުލެޓުގެ ބެޗު ނަންބަރުތައް އިއުލާނު ކޮށްފިއެވެ.

މިއަދު ރާއްޖޭގެ ފުޑް އެންޑް ޑުރަގު އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ވިއްކުން މަނާ ކޮށްފައިވާ ފަސް ބްރޭންޑެއްގެ ޗޮކުލެޓުގެ ބެޗު ނަމްބަރާއި މުއްދަތު ހަމަވާ ތާރީހު ހާމަކޮށްފައެވެ.

ބޭނުންކުރުން މަނާކޮށްފައިވާ އުފެއްދުންތައް:

  • ސެލެބްރޭޝަން(މުއްދަތު ހަމަވާ ތާރީޚު: 19 ޖޫން 2016 އިން 21 އޮގަސްޓު 2016)

ބެޗު ނަންބަރު:*551، *550، *549، *548، *603، *602، *601، *553، *606، *605

  • ސްނިކާސް(މުއްދަތު ހަމަވާ ތާރީޚު: 3 ޖުލައި 2016 އިން 21 އޯގަސްޓު 2016)

ބެޗު ނަންބަރު:*552، *551، *550، *549، *603B *601، *553، *602

  • މިލްކީވޭ(މުއްދަތު ހަމަވާ ތާރީޚު: 4 ސެޕްޓެމްބަރު 2016 އިން 8 ޖެނުއަރީ 2017)

ބެޗު ނަންބަރު:*603، *601، *552، *550

  • މިނީ މިކްސް(މުއްދަތުހަމަވާ ތާރީޚު: 10 ޖުލައި 2016 އިން 18 ސެޕްޓެމްބަރު 2016)

ބެޗު ނަންބަރު:*603،*602، *601، *550، *607، *604

  • މާސް(މުއްދަތު ހަމަވާ ތާރީޚު: 7 އޯގަސްޓު 2016 އިން 16 އޮކްޓޯބަރު 2016)

ބެޗު ނަންބަރު:*553، *552، *551، *550، *603 A, *602, *601

މިދިޔަ ބުރާސްފަތި ދުވަހު އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މާސް ނެދަލޭންޑު ބީވީ އިން އުފައްދާފައިވާ ޗޮކުލެޓުތަކުގެ ތެރެއިން ބައެއް ޗޮކުލެޓުތައް ޕްލާސްޓިކް "ފްރެގްރެމެންސް" އިން ތަޣައްޔަރުވުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި އެތަކެތި މާކެޓުން ނަގަމުންދާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ފޯ ފުޑު އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށްވެސް ފުޑް އެންޑް ޑުރަގު އޮތޯރިޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ، އެ އުފެއްދުންތައް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެ އޮތޯތިޓީން ވަނީ އަންގައިފައެވެ. އަދި އެ އުފެއްދުންތައް ވިއްކަން ހުރިނަމަ މާކެޓުން ނެގުމަށް ފަހު އެ މައުލޫމާތު އެ އޮތޯރިޓީއަށް ހިއްސާކުރުމަށް ވެސް ފުޑު އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ހުރިހާ ވިޔަފާރިވެރިތަކަށް އަންގައިފައެވެ.