03 Mar 2016, 17:47
އިންޑިއާގެ ލަގްޒަރީ ހޮޓެލް ޗެއިނެއް ކަމަށްވާ އޮބެރޯއި ގުރޫޕުން ރާއްޖޭގައި ރިސޯޓެއް ހިންގަން ރާއްޖެއާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
ރެއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ސުބްރަމަންޔާ ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓް ކޮމްޕެނީ ލިމިޓެޑް (އެސްސީޑީސީއެލް)އާ ޕާޓްނާޝިޕެއް ހެދުމަށް ފަހު، އޮބެރޯއި ގްރޫޕުން ރާއްޖެއާ އެއްކޮށް ހެދި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި ވަނީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
އޮބެރޯއި ގުރޫޕުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރިޒޯޓު ގަތުމާއި ތަރައްގީ ކުރުން ކުރިއަށް ގެންދާނީ އެސްސީޑީސީއެލް އިންނެވެ.
އޮބެރޯއި ގުރޫޕުން މިހާރު ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި 30 ލަގްޒަރީ ހޮޓެލް ހިންގަ އެވެ. މިއީ އެގްރޫޕުން ރާއްޖޭގައި އިންވެސްޓް ކުރާ ފުރަތަމަ ފަހަރެވެ.