03 Mar 2016, 16:58
ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކާޑުތައް ބޭނުންކޮށްގެން "އަގޯޑާ" އިން ހަދާ ބުކިންތަކުން ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ދަތުރުތައް ކުރާ ފަރާތްތަކުން ހޮޓާ ހަމަޖެއްސުމަށް ބުކިން ހަދާއިރު ބީއެމްއެލް އެމެރިކަން އެކްސްޕްރެސް "ގްރީން ކާޑު"ތަކަށް 6 ޕަސެންޓް އަދި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް "ގޯލްޑް ކާޑު"ތަކަށް ހަތް ޕަސެންޓްގެ ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
މި ޕޮރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ ހަމައެކަނި މިލިންކްބޭނުންކޮށްގެން ހަދާ ބުކިންތަކަށެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދަނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ގެ ނިޔަލަށެވެ. އެ މުއްދަތުގައި ބުކިން ހަދާ ފަރާތްތަކުން އަންނަ އަހަރުގެ މާޗް މަހުގެ 31 ގެ ކުރިން ހޮޓާ ބޭނުންކުރަން ޖެހެއެވެ.
އެ ޕްރޮމޯޝަނާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް ބޭންކިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ އެފަދަ ޕްރޮމޯޝަންތަކުގެ ސަބަބުން ކަސްޓަމަރުން ކާޑު ބޭނުންކުރުން އިތުރުވެ އަދި ކާޑު ބޭނުންކޮށްގެން އެފަދަ ގިނަ ފައިދާ ހޯދިގެންދާނެ ކަމަށެވެ.