މަޖިލީހުގެ މެމްބަރުންނަށް ގާނޫނު އަސާސީއިން ލާޒިމްކުރާ މަލީ ބަޔާން ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސަން ފުރިހަމަ ކުރައްވައިފި އެވެ.

އަލީ ހުސައިން މާލީ ބަޔާން ހުށަހެޅުމާ އެކު އޭނާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާލީ ބަޔާން އާންމުންނަށް ހާމަކުރި ފުރަތަމަ މެމްބަރަށް ވެގެންގޮސްފަ އެވެ. މަޖިލީހުގެ މެމްބަރުން އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާ

  • ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.

އަލީ ހުސައިން މިއަދު ހުށަހެޅި މާލީ ބަޔާނުގައި ވަނީ އަރަންޏާއި ދަރަނި ހިމެނޭ ގޮތަށް ފައިސާގެ ތަފްސީލުތައް ހާމަކޮށް މައުލޫމާތު ފުރިހަމަކޮށްފަ އެވެ. އެގޮތުން މިލްކިއްޔާތުގައި އެއްކާރާއި ސައިކަލެއް ހިމެނޭ ކަމަށް މާލީ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެސްޓީއޯގައި 21 ހިއްސާގެ އިތުރުން 99 ޕަސެންޓް ހިއްސާ ވަނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮންނާނެ ކަމަށް މަލީ ބަޔާނުގައިވެ އެވެ.

  • އަމިއްލަ ނަމުގައި ހަރަދު ކުރި ފައިސާ - 1،168260.10 ރުފިޔާ

  • އަމިއްލަ ނަމުގައި ލިބުނު ފައިސާ - 1،365،747.96 ރުފިޔާ
  • މިލްކިއްޔާތުގައި ހުރި ޖުމްލަ ފައިސާގެ އަދަދު - 197،487.86 ރުފިޔާ

މާލީ ބަޔާން ހާމަކުރުން ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ވެސް ލާޒިމްކުރެ އެވެ.