03 Mar 2016, 15:48
އައްޑޫ ސިޓީގެ ހިތަދޫގައި ވިޔަފާރިވެރިޔަކު މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނު މައްސަަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރާލުމަށްފަހު ޗަސްބިމަކަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނީ ސ. ހިތަދޫ، ބުރުނީގެ އަބްދުﷲ އަލީ އެވެ.
އޭނާ އަކީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާއެވެ.
ފުލުހުން ބުނީ އުމުރުން 53 އަހަރުގެ އެ މީހާ ފެނުނީ ގެއްލިގެން އިއްޔެ 7:15 އިން ފެށިގެން ހޯދަމުން ދަނިކޮށް 8:50 ގައި ހިތަދޫ ސްކޫލާ ދިމާލު ޗަސްބިމަށް އެއްލާލާފައި އޮއްވައި ކަމަށެވެ.