03 Mar 2016, 16:21
މެލޭޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުން ރާއްޖޭގެ ފިރިހެން ޓީމު ކެޓީ ނަމަވެސް ރޭންކިން ފުރަތަމަ މެޗުގައި މޯލްޓާގެ މައްޗަށް ރާއްޖޭގެ މުންސިފް މުޙައްމަދާއި ޒީސްޓު ނަސީމް ކާމިޔާބު ހޯދައިފިއެވެ.
މެޗު ރާއްޖެއިން ކާމިޔާބު ކުރީ ތިން ސެޓެއް ސެޓުންނެވެ. މި ތިން ސެޓްގެ ތެރެއިން ދެ ސެޓް ކާމިޔާބު ކުރީ މުންސިފެވެ.
ރޭންކިން ސިސްޓަމްގެ ދެ ވަނަ މެޗްގައި ރާއްޖެ ބައްދަލު ކުރަންޖެހޭނީ މިއަދު ކޮސޯވޯއާއި މޮރޮކޯ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާ އެވެ.
ރޭންކިން މެޗުގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ފުރަތަމަ މެޗްގައި ރާއްޖެ ބައްދަލުކުރާނީ ތުރުކްމުނިސްތާނާ ދެކޮޅަށެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ފިރިހެން 133 ޓީމުގެ ތެރެއިން ރާއްޖެއޮތީ ރޭންކިންގެ 110 ވަނަ އިގައެވެ. ސަތޭކަ ނުވަ އަންހެން ޓީމުގެ ތެރެއިން ރާއްޖޭގެ އަންހެން ޓީމު އޮތީ ރޭންކިންގެ 87 ވަނައިގަ އެވެ.