ހުއްޓުމެއް ނެތި އެންމެ ދުރަށް ދަތުރު ކުރި ފްލައިޓެގެ މަގާމު އެމިރޭޓްސް އެއާބަސްގެ އޭ-380 ޖެޓް ހޯދައިފި އެވެ.

ދުބާއީން ފުރައިގެން އެވެސްތާކު ނުޖައްސާ އެ ފްލައިޓް ނިއުޒިލެންޑަށް ގޮސްފައިވާއިރު އެ ދެ މެދުން 14،200 ކިލޯމީޓަރު (8،824 މޭލު) ވަނީ ކަޑައްތުކޮށްފަ އެވެ.

ހުއްޓާ ނުލާ އެންމެ ގިނައިރު ދަތުރުކުރި ފްލައިޓުގެ މަގާމުގެ ވެސް އޭ-380 އަށް ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ފްލައިޓް މާއަަވަހަށް ޖެއްސުމުން އެ މަގާމު ވަނީ ގެއްލިފަ އެވެ. އެއާލައިނުން ލަފާ ކުރި ގޮތުން އެފްލައިޓް ދުބާއީން ނިއުޒިލެންޑަށް ދާން 17 ގަޑިއިރާއި 15 މިނިޓް ނަގާނެ އެވެ. ނަމަވެސް 16 ގަޑީއިރު 24 މިނިޓްގައި ފްލައިޓް ވަނީ ޖައްސާފަ އެވެ.

މީގެކުރިން އެންމެ ދުރަށް ދަތުރުކޮށް އެންމެ ގިނަ ވަގުތު ހުއްޓާނުލާ ދަތުރުކުރި ފްލައިޓެއްގެ މަގާމު ހޯދާފައިވަނީ ގަންޓަސް ޑަލަސް ސިޑްނީގެ ފްލައިޓަކުންނެވެ. އެއީ 13،800 ކިލޯމީޓަރަށް 16 ގަޑިއިރާއި 55 މިނިޓުން ދަތުރުކޮށްގެންނެވެ.

ދުބާއީގެ ޕަނާމާ ސިޓީ ސާވިސްއިން މިހާރު މަސައްކަތް ކުރަމުން ދަނީ އެންމެ ގިނައިރު ހުއްޓާނުލާ ދަތުރުކުރާ ފްލައިޓެއްގެ ރެކޯޑު މުގުރާލަން މަސައްކަތް ކުރަމުންނެވެ. އެސާވިސްއިން ބުނާގޮތުން އެއީ 17 ގަޑިއިރާއި 35 މިނިޓުގެ ދަތުރެކެވެ. އަދި މިމަހުގެ ފަހުކޮޅު އެދަތުރުކުރާނެ ކަމަށް އެ ސާވިސްއިން ބުނެ އެވެ.